ދިވެހިނގެ އުންމީދުގެ ފަންޑު

 

ފަންޑުގެ ތަފްސީލް:

“ދިވެހިންގެ އުއްމީދުގެ” ފަންޑަކީ މާލީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ދިވެހީންނަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިނުމަށް ފަރުމާކޮށްފައިވާ 1 ބިލިއަން ރުފިޔާގެ ފަންޑެކެވެ. ދަރަނި ނުދެއްކި ބިކަވެފައިވާ ފަރާތްތަކަށާއި، ބޭސް ފަރުވާގެ ކަންތައް ހަމަނުޖެހި ތިބި ފަރާތްތަކަށާއި، ކުލި ދެއްކުމާއި ބިލްތައް ދެއްކުމަށް އެހީތެރިކަން ބޭނުންވެފައިވާ ފަރާތްތަކާއި، އާއިލާގެ ދިރިއުޅުމުގެ ޙަރަދު ހަމަޖެއްސުމަށް ދަތިވެފައިވާ ފަރާތްތަކަށާއި، އެހެނިހެން ގޮތްގޮތުން ދިރިއުޅުމުގެ ކަންތައް ހަމަޖެއްސުމަށް ދަތިވެފައިވާ އެންމެހާ ފަރާތްތަކަށް އެހާލަތުން ނަގާ އާފެށުމަކަށް މަގުފަހި ކޮށްދިނުމުގެ ގޮތުން ތައާރަފް ކުރެވޭ ފަންޑެކެވެ. މީގެ އިތުރުން ސައިކަލެއް، ފޯނެއް ނުވަތަ ކޮމްޕިއުޓަރެއް ގަތުމަށާއި ގޭގައި ތިބެގެން ކުރަން ބޭނުންވާ ވިޔަފާރީތަކަށް ވެސް މިފަންޑުން އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.

 

2023ގެ ރިޔާސީ އިންތިހާބުގައި ނާޒިމަށް ﷲ ގެ އިރާދަފުޅުން ކާމިޔާބީ މިންވަރުކުރައްވައިފިނަމަ، ނާޒިމްގެ ޒައާމަތެއްގައި އެންމެ ފުރަތަމަ ކުރާ ބޮޑެތި މަސައްކަތްތަކުގެ ތެރޭގައި މިފަންޑު ޤާއިމްކޮށް، އެހީތެރިކަން ފޯރުކޮށްދޭން ކަނޑައެޅޭ ފަރާތްތަކަށް ފައިސާ ދޫކުރެވޭނެއެވެ. މިފަންޑަކީ ފަންޑު ހުސްވަންދެން ދޫކުރެވޭ، ހުށައަޅާ ތަރުތީބުން ފައިސާ ދޫކުރެވޭ ފަންޑެކެވެ. މިފަންޑުން އެހީތެރިކަން ބޭނުނަވާ ފަރާތްތަކުން ތިރީގައިވާ މައުލޫމާތް އެސް އެމް އެސް، ވައިބަރ ނުވަތަ ވަޓްސްއަޕް މެދުވެރިކޮށް ދިވެހި ބަހުން ނުވަތަ އިނގިރޭސި ބަހުންވެސް ހުށައެޅޭނެއެވެ.

ވޮލެންޓިއަރއަކަށް ވެލަށްވާ

ވޮލެންޓިއަރއަކަށް ވެލަށްވާ