ނާޒިމްގެ ސަރުކާރެއްގެ ފުރަތަމަ 30 ދުވަހުގެ ތެރޭގައި ފުއްދާނެ ވަޢުދު:

1. ކޮންމެ ކަމެއްގައިވެސް، “އެންމެ ފުރަތަމަ ދިވެހިރާއްޖެ” އަދި “އެންމެ ފުރަތަމަ ދިވެހީން” ސިޔާސަތު ކަނޑައަޅައި ތަންފީޛުކުރަން ފެށުން.

2. ރާއްޖޭގެ ދެކުނުން ގެއްލުނު މަސްކަނޑު އަނބުރާ ހޯދުމުގެ މަސައްކަތް ފަށައި، ސިއްރުކޮށްފައިވާ ސިޓީ ހާމަކުރުން.

3. ގޯތީގެ ރަޖިސްޓްރީ ހުށަހެޅުމުން ހައުސިންގ ލޯނު ހަމަޖެއްސުމުގެ މަޝްރޫޢުފެށުން.

4. ޢުމުރުން 18 އަހަރުވުމުން، އިތުރު ޝަރުޠެއްނެތި، ބޯހިޔާވަހިކަމަށް ޝަރުޠުހަމަވުމުގެ އުޞޫލު ޤާއިމުކުރުން.

5. ބޭސްފަރުވާއަށް ސަލާންޖެހުން ނިމުމަކަށްގެނެސް، ހެލްތް އިންޝުއަރަންސްގައި ހުރި ދަރަޖައިގެ ތަފާތުނައްތާލާނޭ މެޑިކަލް އިންޝުއަރަންސް ކާޑު ތަޢާރަފުކުރުން.

6. ޑޮމެސްޓިކް ކަރަންޓު މީޓަރުތަކުން، ކޮންމެ މަހަކު، ފުރަތަމަ 100 ޔުނިޓް ހިލޭކުރުމާއި، ޑޮމެސްޓިކް ފެން ބިލުން 3000 ލީޓަރު ފެން ހިލޭ ކުރުން.

7. ގޭބިސީން އުފެދޭ ޑޮމެސްޓިކް ކުނި (ހައުސް ހޯލްޑް ވޭސްޓް) އުކާލުން ހިލޭކުރުން.

8. ޢާންމު ބޭނުންތަކަށް ބޭނުންކުރާ ކޮތަޅުން ނަގާ 2 ރުފިޔާ ކަނޑާލުން.

9. އަތޮޅުތަކުގެ އިޤުތިޞާދީ ޙަރަކާތްތައް ފުޅާކުރުމަށް، ގެސްޓް ހައުސް އަޅައި ތަޅުދަނޑި ޙަވާލުކުރުމުގެ ޕްރޮޖެކްޓް ފެށުން.

10. އެކަނިވެރި މައިންނަށްދޭ ޢިނާޔަތް 4000 ރުފިޔާއަށް ބޮޑުކޮށް، އަދި ވަކި މިންވަރަކަށް އާމްދަނީ ނުލިބޭ އެންމެހާ ޢާއިލާތަކަށް މާލީ ޢިނާޔަތެއް ދިނުން.

11. ޢުމުރުން 18 އަހަރުވެފައިވާ ކޮންމެ ދިވެހި ރައްޔިތަކަށް ރަމަޟާން މަހު 3،000 ރުފިޔާގެ ރޯދަ އެލަވަންސެއް ދިނުން.

12. އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީސް އަލުން އެކުލަވާލައި، ދީނީ ޢިލުމުވެރިންނަށް ޙައްޤުބަސް ބުނުމުގެ ޖާގަ ދިނުން.

13. މައްސަރު ދުވަސްތަކުގައި ބޭނުންކުރާ ޕެޑްސް، އަންހެނުންނަށް ހިލޭ ލިބޭނެ ގޮތް ހެލްތް އިންޝުއަރަންސްގެ ތެރެއިން ހަމަޖެއްސުން.

14. ޕްރީ ސްކޫލުން ފެށިގެން ޑޮކްޓޯރަލް ސްޓަޑީސްއާ ހަމައަށް ހިލޭ ތަޢުލީމު ފޯރުކޮށްދިނުން.

15. މަސްވެރިންނާއި ދަނޑުވެރިންނާއި، އެހެންވެސް މަސައްކަތްތެރިންނަށް ޚާއްޞަ ޕެންޝަން ސްކީމެއް ތަޢާރަފުކުރުން.

16. މަސްވެރި އުޅަނދުތަކަށް އިންޓްރެސްޓް ފްރީ ލޯނުގެ ދަށުން އާރު.އެސް.ޑަބްލިއު ސިސްޓަމް އާއި ރާޑަރ ސިސްޓަމް ދޫކުރަން ފެށުން.

17. މަސްތުވާތަކެއްޗާއި ގޭންގުތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް ޚާއްޞަ ޓާސްކްފޯހެއް އެކުލަވާލައި، އިންޓަވެންޝަން، ރިހެބިލިޓޭޝަން އަދި ރީއިންޓެގްރޭޝަންއަށް އަމާޒު ހިފާ ސިޔާސަތެއް ތަންފީޛުކުރަން ފެށުން.

18. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ރިކޯލް ވޯޓު ނުވަތަ ރައްޔިތުން ބޭނުންނަމަ މެންބަރުން ވަކިކުރެވޭނޭ ގޮތުގެ އުޞޫލު އެކުލަވާލައި، މަޖިލީހަށް ހުށަހެޅުން.

19. ޖުޑިޝަލް ސާރވިސް ކޮމިޝަން ސިޔާސީ ނުފޫޒުން މިންޖުކޮށް، އެއީ ޒާތީ ތަޢައްޞުބުން އެއްކިބާވެ ތިބެގެން ރާއްޖޭގެ ޢަދުލުގެ ނިޒާމުގެ ނަޒާޙަތްތެރިކަން ކަށަވަރުކުރެވޭނޭ މުއައްސަސާއަކަށް ހެދުމަށް ކުރަންޖެހޭ ކަންކަންކުރުން.

20. ޕްލާސްޓިކް ބޭނުންކުރުން މަދުކުރުމުގެ ގޮތުން، ސަބްސިޑައިޒް ކުރެވިގެން ވޯޓަރ ފިލްޓަރ ސިސްޓަމް ގޭބިސީތަކަށް ފޯރުކޮށްދިނުން.

21. ހިޔާ ފްލެޓްތަކުގެ ކޮންމެ ޓަވަރެއްގައި ސްޓްރެޗަރ ލިފްޓާއި އިމަޖެންސީ ޖަނަރޭޓަރ ސިސްޓަމެއް ބެހެއްޓުމުގެ މަސައްކަތްފެށުމާއި، ހިޔާ ފްލެޓްތަކުގެ ކުލި -/4000 ރުފިޔާއަށް ކުޑަކުރުން.

22. މާލޭގައި ދުއްވާ އުޅަނދުފަހަރު މަދުކުރުމުގެ ގޮތުން މާލޭގެ ބަސް ދަތުރުތައް ދިވެހިންނަށް ހިލޭކުރުން.

23. ރައްޔިތުންގެ މަޖިލީހުގައި އިންތިޚާބުކުރެވޭ ގޮނޑިތަކުން މަދުވެގެން %30 އަންހެނުން ތަމްސީލު ކުރެވޭނެ ގޮތެއް އެކަށައަޅައި މަޖިލީހަށް ހުށަހެޅުން.

 

 

ސޯޝަލް މީޑިއާގައި ޝެއަރ ކުރައްވާ:

ވޮލެންޓިއަރއަކަށް ވެލަށްވާ