އުޖާލާ ޒަމާން މެނިފެސްޓޯ

އުޖާލާ ޒަމާން މެނިފެސްޓޯ

Please wait while flipbook is loading. For more related info, FAQs and issues please refer to DearFlip WordPress Flipbook Plugin Help documentation.

ދިވެހި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު ހޯދައިދޭން ބޭނުންވަނީ، މާޔޫސްކަމުން މިންޖުވެފައިވާ، އުންމީދުން ފުރިގެންވާ “އުޖާލާ ޒަމާން” އެކެވެ. އެ ތަޞައްވުރު ބިނާވެގެންވަނީ، އިސްލާމީ މަތިވެރި އުޞޫލުތައް ދަމަހައްޓައި، ޒުވާނުންނާއި އަންހެނުން ބާރުވެރިކޮށް، ދިވެހި ޢާއިލާތަކުގެ ދުޅަހެޔޮކަމާއި ފުދުންތެރިކަން ކުރިއަރާނެ މާޙައުލެއް ކަށަވަރުކޮށްދީ، ތަނަވަސް، އަމާން، އަދި އިންސާފުވެރި، ދިވެހިރާއްޖެއެއްގެ ހިޔާވަހިކަން ދިވެހީންނަށް ހޯދައިދިނުމުގެ މައްޗަށެވެ. މިދާއިރާތަކުގެ އިތުރުންވެސް ތަޢުލީމު، އިޤްތިޞާދު، ސަލާމަތްތެރިކަން، ހެޔޮ ވެރިކަން، އަދި ތިމާވެށްޓާއި މޫސުމަށް އަންނަ ބަދަލުތަކަށް ދިވެހީންނާއި ދިވެހިރާއްޖެ ހާނުވައި އެއިން ލިބޭ ގެއްލުން ކުޑަކުރުމުގެ ނިޒާމް (ކްލައިމެޓް ޗޭންޖް ގަވަރނެންސް) ގެ ދާއިރާތަކަށް އަޅުގަނޑުމެން އިންވެސްޓް ކުރާނަމެވެ. އަޅުގަނޑުގެ “އުޖާލާ ޒަމާން” ތަޞައްވުރު ބިނާވެގެންވަނީ މައިގަނޑު 9 ވަޢުދެއްގެ މައްޗަށެވެ. އެ ވަޢުދުތައް ބަހާލެވިފައިވާ މައިގަނޑު ދާއިރާތަކަކީ:

  • އިސްލާމީ ވަޙުދަތު،
  • އުފާވެރި ޒުވާނާ،
  • ބާއްޖަވެރި ޢާއިލާ،
  • ފަންނީ ޖީލެއް،
  • ބަދަހި އިޤުތިޞާދު،
  • ސަލާމަތްތެރިކަން ކަށަވަރު،
  • ޢަދުލު އިންޞާފު،
  • ނަޒާޙަތްތެރި ވެރިކަން، އަދި
  • އަހަރެންގެ ދިވެހިރާއްޖެ އެވެ.

ތިރީގައި އެވަނީ އެބައިތައް ޙާޞިލްކުރުމަށްޓަކައި ކަނޑައަޅާފައިވާ އަމާޒުތަކުގެ ތެރެއިން މިހާތަނަށް ޢާންމުކޮށްފައިވާ އަމާޒުތަކެކެވެ.

ދިވެހިންގެ މެދުގައި އިސްލާމީ ވަޙުދަތު ހިފެހެއްޓުމާއި، ދިވެހިރާއްޖޭގައި ޒަމާނުއްސުރެ އޮންނަ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމާއި، ކުރިއެރުވުމާއި، އަޅުގަނޑުމެންގެ ލޮބުވެތި މި ދިވެހި ފަސްގަނޑުގައި އިސްލާމްދީނުގެ އަސްލުތަކާއި ދިވެހިންގެ ސަގާފަތް އާލާކޮށް ދަމަހައްޓާނަން.

މިއަމާޒު ޙާޞިލްކުރުމުގެ ގޮތުން ކުރާނެ ކަންކަމަކީ:

  • ސަރުކާރު ހިންގުމުގައިވެސް އިސްލާމް ދީނުގެ އުޞޫލުތަކަށް ތަބާވެ، ރައްޔިތުންގެ މެދުގައި އުޚުވަތްތެރިކަމާއި، ކުލުނުވެރިކަމާއެކު މުއާމަލާތް ކުރުން.
  • ދީނީ ޢިލުމުވެރިންނަށް ޙައްޤުބަސް ބުނުމުގެ ޖާގަ ދިނުން.
  • އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީސް ބާރުވެރިކުރުވާ، ދައުރު ފުޅާކުރުން.
  • ޤުރުއާން ކިޔެވުމަށާއި ނަމާދުކުރަން ދަސްކޮށްދިނުމުގެ ގޮތުން، ދިވެހި މުޖުތަމަޢުގެ ކޮންމެ ބައިވެރިއަކަށްވެސް، ހިލޭ، ކީރިތި ޤުރުއާން ކިޔަވަން ދަސްކޮށްދިނުމާއި ނަމާދުގެ މަޢުލޫމާތު ދެވޭނެ ކިލާސްތައް މިސްކިތްތަކުގައި ކުރިއަށް ގެންދިއުން.
  • މިސްކިތްތައް އެއާކޮންޑިޝަން ކުރުމާއެކު ސާފު ފެން ލިބޭނެ ގޮތް ހެދުން.
  • ދީނީ ދިރާސާކޮށް ޢިލްމީ ބަހުސްކުރެވޭނެ މާހައުލެއް ތަޢާރަފްކުރުން.
  • އަލް މަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ އާއި އެހެން ސްކޫލުތަކާއި މޯލްޑިވްސް އިސްލާމިކް ޔުނިވާސިޓީ މެދުވެރިކޮށް އިސްލާމީ ތަޢުލީމު އިތުރަށް ފެތުރުމާއި، އެތަންތަނުގެ މުޤައްރަރު ޤަބޫލުކުރެވޭ މިންގަނޑަކަށް ގެނައުމާއި، އެމުޤައްރަރަކީ އަދުގެ ޙާލަތާ އެކަށީގެންވާ އަދި ރައްޔިތުން ބަލައިގަންނަ މުޤައްރަރަކަށް ހެދުން.
  • ޘާނަވީ ތަޢުލީމު ނިމުމާ ހަމައަށް، ސްކޫލްތަކުގައި އަރަބި ބަސް ކިޔަވާދިނުން.
  • އަމިއްލަ ދީނީ ޖަމްޢިއްޔާތަކާއި ދީނީ މުއައްސަސާތަކުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފުން.

ވޮލެންޓިއަރއަކަށް ވެލަށްވާ