އުޖާލާ ޒަމާން މެނިފެސްޓޯ

ދިވެހި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު ހޯދައިދޭން ބޭނުންވަނީ، މާޔޫސްކަމުން މިންޖުވެފައިވާ، އުންމީދުން ފުރިގެންވާ “އުޖާލާ ޒަމާން” އެކެވެ. އެ ތަޞައްވުރު ބިނާވެގެންވަނީ، އިސްލާމީ މަތިވެރި އުޞޫލުތައް ދަމަހައްޓައި، ޒުވާނުންނާއި އަންހެނުން ބާރުވެރިކޮށް، ދިވެހި ޢާއިލާތަކުގެ ދުޅަހެޔޮކަމާއި ފުދުންތެރިކަން ކުރިއަރާނެ މާޙައުލެއް ކަށަވަރުކޮށްދީ، ތަނަވަސް، އަމާން، އަދި އިންސާފުވެރި، ދިވެހިރާއްޖެއެއްގެ ހިޔާވަހިކަން ދިވެހީންނަށް ހޯދައިދިނުމުގެ މައްޗަށެވެ. މިދާއިރާތަކުގެ އިތުރުންވެސް ތަޢުލީމު، އިޤްތިޞާދު، ސަލާމަތްތެރިކަން، ހެޔޮ ވެރިކަން، އަދި ތިމާވެށްޓާއި މޫސުމަށް އަންނަ ބަދަލުތަކަށް ދިވެހީންނާއި ދިވެހިރާއްޖެ ހާނުވައި އެއިން ލިބޭ ގެއްލުން ކުޑަކުރުމުގެ ނިޒާމް (ކްލައިމެޓް ޗޭންޖް ގަވަރނެންސް) ގެ ދާއިރާތަކަށް އަޅުގަނޑުމެން އިންވެސްޓް ކުރާނަމެވެ. އަޅުގަނޑުގެ “އުޖާލާ ޒަމާން” ތަޞައްވުރު ބިނާވެގެންވަނީ މައިގަނޑު 9 ވަޢުދެއްގެ މައްޗަށެވެ. އެ ވަޢުދުތައް ބަހާލެވިފައިވާ މައިގަނޑު ދާއިރާތަކަކީ:

  • އިސްލާމީ ވަޙުދަތު،
  • އުފާވެރި ޒުވާނާ،
  • ބާއްޖަވެރި ޢާއިލާ،
  • ފަންނީ ޖީލެއް،
  • ބަދަހި އިޤުތިޞާދު،
  • ސަލާމަތްތެރިކަން ކަށަވަރު،
  • ޢަދުލު އިންޞާފު،
  • ނަޒާޙަތްތެރި ވެރިކަން، އަދި
  • އަހަރެންގެ ދިވެހިރާއްޖެ އެވެ.

ތިރީގައި އެވަނީ އެބައިތައް ޙާޞިލްކުރުމަށްޓަކައި ކަނޑައަޅާފައިވާ އަމާޒުތަކެކެވެ.

1. އިސްލާމީ ވަޙުދަތު

ދިވެހިންގެ މެދުގައި އިސްލާމީ ވަޙުދަތު ހިފެހެއްޓުމާއި، ދިވެހިރާއްޖޭގައި ޒަމާނުއްސުރެ އޮންނަ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމާއި، ކުރިއެރުވުމާއި، އަޅުގަނޑުމެންގެ ލޮބުވެތި މި ދިވެހި ފަސްގަނޑުގައި އިސްލާމްދީނުގެ އަސްލުތަކާއި ދިވެހިންގެ ސަގާފަތް އާލާކޮށް ދަމަހައްޓާނަން.

މިއަމާޒު ޙާޞިލްކުރުމުގެ ގޮތުން ކުރާނެ ކަންކަމަކީ:

  • ސަރުކާރު ހިންގުމުގައިވެސް އިސްލާމް ދީނުގެ އުޞޫލުތަކަށް ތަބާވެ، ރައްޔިތުންގެ މެދުގައި އުޚުވަތްތެރިކަމާއި، ކުލުނުވެރިކަމާއެކު މުއާމަލާތް ކުރުން.
  • ދީނީ ޢިލުމުވެރިންނަށް ޙައްޤުބަސް ބުނުމުގެ ޖާގަ ދިނުން.
  • އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީސް ބާރުވެރިކުރުވާ، ދައުރު ފުޅާކުރުން.
  • ޤުރުއާން ކިޔެވުމަށާއި ނަމާދުކުރަން ދަސްކޮށްދިނުމުގެ ގޮތުން، ދިވެހި މުޖުތަމަޢުގެ ކޮންމެ ބައިވެރިއަކަށްވެސް، ހިލޭ، ކީރިތި ޤުރުއާން ކިޔަވަން ދަސްކޮށްދިނުމާއި ނަމާދުގެ މަޢުލޫމާތު ދެވޭނެ ކިލާސްތައް މިސްކިތްތަކުގައި ކުރިއަށް ގެންދިއުން.
  • މިސްކިތްތައް އެއާކޮންޑިޝަން ކުރުމާއެކު ސާފު ފެން ލިބޭނެ ގޮތް ހެދުން.
  • ދީނީ ދިރާސާކޮށް ޢިލްމީ ބަހުސްކުރެވޭނެ މާހައުލެއް ތަޢާރަފްކުރުން.
  • އަލް މަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ އާއި އެހެން ސްކޫލުތަކާއި މޯލްޑިވްސް އިސްލާމިކް ޔުނިވާސިޓީ މެދުވެރިކޮށް އިސްލާމީ ތަޢުލީމު އިތުރަށް ފެތުރުމާއި، އެތަންތަނުގެ މުޤައްރަރު ޤަބޫލުކުރެވޭ މިންގަނޑަކަށް ގެނައުމާއި، އެމުޤައްރަރަކީ އަދުގެ ޙާލަތާ އެކަށީގެންވާ އަދި ރައްޔިތުން ބަލައިގަންނަ މުޤައްރަރަކަށް ހެދުން.
  • ޘާނަވީ ތަޢުލީމު ނިމުމާ ހަމައަށް، ސްކޫލްތަކުގައި އަރަބި ބަސް ކިޔަވާދިނުން.
  • އަމިއްލަ ދީނީ ޖަމްޢިއްޔާތަކާއި ދީނީ މުއައްސަސާތަކުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފުން.

 

2. އުފާވެރި ޒުވާނާ:

ދިވެހި ޒުވާނުންނަށް އުފާވެރި ދިރިއުޅުމެއް ހޯދައިދިނުމާއި، ފަންނީ އަދި ޒިންމާދާރު ރައްޔިތުންތަކެއްގެ ގޮތުގައި ޤައުމު އާރާސްތުކުރުމުގައި ދިވެހި ޒުވާނުން ޝާމިލު ކުރާނަން.

މިއަމާޒު ޙާޞިލްކުރުމުގެ ގޮތުން ކުރާނެ ކަންކަމަކީ:

  • ޒުވާނުންނާ މެދު މުޖުތަމަޢުގެ އެހެން ގިންތީގެ ނަޒަރިއްޔާ ބަދަލުކޮށް، ޒުވާނުންނާ މެދު ކުރާ ތަޞައްވުރު ރަނގަޅުކުރުން.
  • ޢުމުރުން 18 އަހަރުވުމުން، ބޯހިޔާވަހިކަމުގެ ޝަރުތު ހަމަވާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލާ ހިންގުން.
  • ބޯހިޔާވަހިކަން ކަށަވަރުކޮށްދީ، ބޯހިޔާވަހިކަމާ ގުޅުންހުރި ލޯނުގެ އިންޓްރެސްޓް ރޭޓް %6 އަށް ދަށްކުރުން.
  • ދާއިމީ އެޑްރެހަކީ ތާއަބަދު ބަނދެވިފާ އެއްޗަކަށް ނުހަދާ، ރަށްވެހިކަމުން ވަކިވުމަށް އަގެއް ނުނެގުން.
  • ނެޝަނަލް ޔޫތު ކައުންސިލަކީ ޤާނޫނީ ގޮތުން ބާރުވެރި ތަނަކަށް ހަދާ، ހުރިހާ ސަރަޙައްދަކާއި ދާއިރާތަކުން ޒުވާނުން ތަމްސީލުކުރެވޭ މިނިވަން ކައުންސިލަކަށް ހެދުން.
  • ވަޒީފާ ނުލިބި ތިބޭ ޒުވާނުންނަށް އެލަވަންސް ދިނުމާއި، ޢިލްމާއި ހުނަރާ އެއްވަރުގެ ވަޒީފާތަކަށް ފުރުޞަތު ހޯދައިދިނުން.
  • ބެލެނިވެރިންނަށް ވަޒީފާ އަދާކުރުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމުގެ ގޮތުން، ޑޭކެއާގެ ޚިދުމަތަކީ ސަރުކާރުން ސަބްސިޑައިޒް ކުރާ ޚިދުމަތަކަށް ހެދުމާއި، އެދާއިރާ ކުރިއެރުވުން.
  • ވަޒީފާއަދާ ނުކުރެވޭ ފަރާތްތަކަށް އަންއެމްޕްލޯއިމެންޓް ސަޕޯޓް ދިނުން.
  • ނަފްސާނީ ބަލިތަކަށް ފަސޭހައިން ފަރުވާކުރެވޭނެ ގޮތް ހަމަޖައްސާ، ކިއުގައި ގިނަ ދުވަހު ހުންނަން ނުޖެހޭނެހެން ހެދުން.
  • ފެންވަރު ރަގަޅު ސިއްޙީ ޚިދުމަތް ލިބޭނެހެން ހެދުން (ތަފްޞީލު: ބާއްޖަވެރި ޢާއިލާ ބައިގައި).
  • ޕްރިވެންޓިވް ހެލްތުކެއަރ ކުރިއެރުވުމުގެ ގޮތުން “ލައިފް ސްޓައިލް ސެންޓަރު” ތަޢާރަފް ކުރުން.
  • އެޑޮލޮސެންޓް / ޔޫތު ސެންޓަރުތައް ކޮންމެ އަތޮޅެއްގައި ޤާއިމް ކުރުން.
  • މިއުޒިޝަނުންނާއި އާޓިސްޓުންނަށް އިންޑަސްޓްރީއެއް އުފައްދާ، ކުރިއަރުވައި، ތަރައްޤީކޮށް، އެމަސައްކަތް ކުރުމަށް ދިވެހިންނަށް އިސްކަންދިނުން.
  • ޕެޓް ކެއަރ ހަރުދަނާ ކުރުމާއި ޕެޓްސްގެ ގޮތުގައި ގެންގުޅެވޭނެ ތަކެއްޗާއި އެތަކެތި ގެންގުޅުމުގައި ހިފަހައްޓަން ޖެހޭ މިންގަނޑު ކަނޑައެޅުން.
  • ސްޓްރޭ ޖަނަވާރު މެނޭޖް ކުރުން.
  • ރިސޯޓްތަކުގެ ހިތްފަސޭހަކަމަކީ ދިވެހިންނަށްވެސް ލިބޭ އެއްޗަކަށް ހެދުން.
  • ޔޫތު ސެންޓަރުތަކާއި ތީމް ޕާކު އަދި މަލްޓިޕްލެކްސް ޤާއިމް ކުރެވިފައިވާ އަރބަން ސެންޓަރުތައް އުފެއްދުން.
  • މުނިފޫހިފިލުވުމުގެ ފުރުޞަތުތައް އިތުރުކޮށް، ޝޮޕިންގ މޯލްތަކާއި ސިނެމާތަކާއި އެންޓަޓެއިންމަންޓް ސެންޓަރުތައް އެކި ރަށްރަށުގައި ޤާއިމްކުރުން.
  • ކުޅިވަރުގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ދަރިވަރުންނަށް ހިލޭ ތަމްރީނު ވެވޭނެ، ދައުލަތުގެ ކުޅިވަރު އެކެޑަމީއެއް ޤާއިމްކުރުން.
  • ފުޓްސެލް އާއި ފުޓްބޯޅަ އަދި އެފަދަ ބޯލް ސްޕޯޓްސް އިން ބޭރަށް ކުޅިވަރުގެ ދާއިރާ ގެންދިއުމާއެކު އެޑްވެންޗަރ ސްޕޯޓްސް ކުރިއެރުވުން (ތަފްޞީލު: ބާއްޖަވެރި ޢާއިލާ ބައިގައި)
  • ދިވެހި ފަންނުވެރިން ކުރިއެރުވުން.
  • މަލްޓިޕްލެކްސް ތަޢާރަފް ކުރުމާއި، ރިކްރިއޭޝަނަލް ފެސިލިޓީސް މުޅި ރާއްޖޭގައި އިތުރުކޮށް، ކޮންމެ ސަރަޙައްދެއްގައި ޕިކްނިކް ދާނެ ތަނެއް ކަނޑައަޅާ، ތަރައްޤީ ކުރުން.
  • ވޮލަންޓަރީ ނޭޝަނަލް ސަރވިސް ތަޢާރަފްކޮށް، ހުނަރާއި މަސައްކަތްތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ޒުވާނުންނަށް އަމާޒުކޮށް ހިންގުން.
  • ކްލައިމެޓް ޗޭންޖާއި ވޮލަންޓިއަރިޒްމްގައި ޙަރަކާތްރެރިވާން ބޭނުންވާ ފަރާތްތަކަށް އެހީތެރިވެ، ޕްރޮމޯޓްކުރުން.
  • ޤައުމީ ފެންވަރުގައި އީސްޕޯޓްސް ތަޢާރަފްކޮށް، އޮނިގަނޑެއް އެކުލަވައިލުން.
  • ބައިނަލްއަޤުވާމީ ފެންވަރުގެ ސްޕޯޓްސް އެކެޑެމީއެއް ތަރައްޤީކުރުމާއި، އެ އެކެޑެމީއިން ދަސްވެނިވާ ދަރިވަރުންނަކީ މުސްތަޤުބަލުގައި އަމިއްލައަށް އާމްދަނީ ހޯދޭނެ ފެންވަރުގެ ބަޔަކަށް ހަދައި، ރާއްޖެއިންނާއި ބޭރު ޤައުމުތަކުން އެފަރާތްތަކަށް ކުރިއަށްދާނެ ފުރުޞަތު ހޯދައިދިނުމަށް އެހީތެރިވުން.
  • ދިވެހިންނަށް އުފާފާގަތި ދިރިއުޅުމެއް ކަށަވަރުކޮށްދިނުމުގެ ކަންކަން ތަންފީޛު ކުރުމަށްޓަކައި މިނިސްޓްރީ އޮފް ހެޕިނަސް ޤާއިމް ކުރުން.
  • ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް އިންޓަނެޓް ބޭނުންކުރާ ފަރާތްތަކަށް މަހަކު 5،000 މެގަބައިޓް ޑޭޓާ ހިލޭ ލިބޭނެ ގޮތް ހެދުން.
  • ޢާންމު ބޭނުންތަކަށް ބޭނުންކުރާ ކޮތަޅުން ނަގާ 2 ރުފިޔާ ކަނޑާލުން.
  • ޑޮމެސްޓިކް ކަރަންޓު މީޓަރުތަކުން، ކޮންމެ މަހަކު، ފުރަތަމަ 100 ޔުނިޓް ހިލޭކުރުމާއި، ޑޮމެސްޓިކް ފެން ބިލުން 3000 ލީޓަރު ފެން ހިލޭ ކުރުން.
  • ޢުމުރުން 18 އަހަރުވެފައިވާ ކޮންމެ ދިވެހި ރައްޔިތަކަށް ރަމަޟާން މަހު 3،000 ރުފިޔާގެ ރޯދަ އެލަވަންސެއް ކަށަވަރުކޮށްދިނުން.
  • އަލަށް ވިހާ ކޮންމެ ކުއްޖެއްގެ ބޭނުމަށް ސަރުކާރުން 5،000 ރުފިޔާގެ އިނާޔަތެއް ދިނުން.
  • ދަރިންނާ ވަކިވެފައިވާ މައިންނާއި ބައްޕައިންނަށް ދަރިންނާ ބައްދަލުވެވޭނެ ހަރުދަނާ ނިޒާމެއް ތަޢާރަފްކުރުން.
  • ޕްރީ ސްކޫލުން ފެށިގެން ޑޮކްޓޯރަލް ސްޓަޑީސްއާ ހަމަޔަށް ހިލޭ ތަޢުލީމު ފޯރުކޮށްދިނުން.
  • ޤައުމަށް ޚިދުމަތްކޮށްދޭ ދިވެހި ދަރިންގެ ސްޓޫޑެންޓް ލޯނު މަޢާފުކޮށް، ކިޔަވައިގެން އަންނަ ދިވެހިންނަށް ރާއްޖެއިން އެކަށީގެންވާ ވަޒީފާ ކަށަވަރުކޮށްދިނުން.
  • ޓެކްނޯލޮޖީ ތަޢުލީމުގެ ތެރެއަށް ވަންނައިރު، އެދާއިރާއިން ބެލެނިވެރިން ހޭލުންތެރި ކުރުން.
  • ލޯނާއި ގްރާންޓްސްގެ ދަށުން، މަތީ ތަޢުލީމަށް ރާއްޖެއިން ބޭރަށް ފޮނުވޭ ދާއިރާތަކަކީ، ރާއްޖޭގެ ތަރައްޤީގެ ޕްލޭނާއި އިންޑަސްޓްރީސްތަކަށް ބޭނުންތެރި ދާއިރާތަކަކަށް ހެދުން.
  • އޮންލައިން ތަޢުލީމުގެ ފުރުޞަތު މުޅި ރާއްޖެއަށް ފުޅާކޮށް، އެކަމަށް ބޭނުންވާ ވަސީލަތްތައް ތަރައްޤީކޮށް، އޮންލައިން ލައިބްރުއަރީ ރާއްޖޭގެ މުޅި ތައުލީމީ ސިސްޓަމުގެ ތެރޭގައި ހިމެނުން.

 

3. ބާއްޖަވެރި ޢާއިލާ:

ދިވެހި ޢާއިލާތަކުގެ ޒަރޫރަތުތައް ފަސޭހައިން ހަމަޖެހޭނެ ނިޒާމެއްގެ ތެރެއިން ކަންފަހިކޮށްދިނުމާއި، އާއިލީ ގުޅުން ބަދަހިވެވޭނެ އިންތިޒާމު ތަޢާރަފްކޮށް ކުރިއަރުވާނަން.

މިއަމާޒު ޙާޞިލްކުރުމުގެ ގޮތުން ކުރާނެ ކަންކަމަކީ:

  • ދިވެހިންނަށް އުފާފާގަތި ދިރިއުޅުމެއް ކަށަވަރުކޮށްދިނުމުގެ ކަންކަން ތަންފީޛު ކުރުމަށްޓަކައި މިނިސްޓްރީ އޮފް ހެޕިނަސް ޤާއިމް ކުރުން.
  • ރައްޔިތުންގެ މުހުތާދުތައް ފިލުވައިދިނުމުގެ މަޤުޞަދުގައި، ސަރުކާރު ހިންގުމާ ޙަވާލުވުމާއެކު، އެއް ބިލިއަން ރުފިޔާގެ ފަންޑެއް ޤާއިމްކޮށް ހިންގައިގެން، ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި ރައްޔިތުންނަށް ދިމާވެފައިވާ އާދަޔާ ޚިލާފު ބޮޑެތި ދަތިތަކަށް ޙައްލެއް ހޯދާދިނުން.

ހިޔާވަހިކަން:

  • ގޯތީގެ ރަޖިސްޓްރީ ހުށަހެޅުމުން ހައުސިންގ ލޯނު ހަމަޖެއްސުން.
  • ބޯހިޔާވަހިކަން ކަށަވަރުކޮށްދީ، ބޯހިޔާވަހިކަމާ ގުޅުންހުރި ލޯނުގެ އިންޓްރެސްޓް ރޭޓް %6 އަށް ދަށްކުރުން.
  • އިޖްތިމާޢީ ބޯހިޔާވަހިކަމުގެ އޮނިގަނޑު އިސްލާހުކޮށް، އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު ގެދޮރުވެރިކަން ކަށަވަރުކުރުމަށްޓަކައި ކެނޑިނޭޅި މަސައްކަތް ކުރުން.
  • ދާއިމީ އެޑްރެހަކީ ތާއަބަދު ބަނދެވިފާ އެއްޗަކަށް ނުހަދާ، ރަށްވެހިކަމުން ވަކިވުމަށް އަގެއް ނުނެގުން.
  • ހިޔާ ފްލެޓްތަކުގެ ކޮންމެ ޓަވަރެއްގައި ސްޓްރެޗާ ލިފްޓެއް ހަރުކުރުމާއި، އިމަޖެންސީ ޖަނަރޭޓަރ ސިސްޓަމެއް ބެހެއްޓުމާއި، ހިޔާ ފްލެޓްތަކުގެ ކުލި -/4،000 ރުފިޔާއަށް ކުޑަކުރުން.
  • ހިޔާވަހިކަމަށް ކުރިމަތިލުމުގައި އޮންނަ ތަފާތުކުރުންތައް ނައްތާލާ، ޝަރުޠުހަމަވުމުގެ މިންގަނޑަށް ބަދަލު ގެނެސް، ދަރިން ނެތް މީހުންނާއި، ކައިވެނި ނުކުރާ ފަރާތްތަކަށްވެސް ކުރިމަތިލެވޭ ގޮތް ހަމަޖެއްސުން (18 އަހަރުވުމުން ބޯހިޔާވަހިކަމަށް ކުރިމަތިލުމުގެ ޝަރުޠު ފުރިހަމަވީ).
  • އަހަރަކަށް 4 ލައްކަ ރުފިޔާއަށް ވުރެ ކުޑަ އާމްދަނީ ލިބޭ ޢާއިލާތަކަށް (ގޭބިސީއަކަށް) ބޯހިޔާވަހިކަމުގެ ޑައުންޕޭމަންޓް ދެއްކުމުގައި އެހީތެރިކަން ފޯރުކޮށް ދިނުން.
  • ކުލި ދެއްކުމުގެ ޤާބިލުކަން ނެތް ފަރާތްތަކަށް ރެންޓް-ސަޕޯޓް ދިނުން.
  • ޢާއިލާތަކުގެ ބޭނުމަށް އަޅާ ފްލެޓުގެ ނިޒާމަކީ ޢާއިލާ ބޮޑުވާ ނިސްބަތުން ފަސޭހަކަމާއެކު ބަދަލުވެވޭނެ ނިޒާމަކަށް ހެދުން.
  • ސޯޝަލް ހައުސިންގ (ޕަބްލިކް ހައުސިންގ، ކޮމިއުނިޓީ ހައުސިންގ) ގެ ކްރައިޓީރިއާ އާއި އެފޯޑަބަލް ހައުސިންގ (ރެންޓު ޓު ބައި ސްކީމް) ވަކިކޮށް، އެންމެ ބޭނުންތެރި ފަރާތްތަކަށް ބޯހިޔާވަހިކަން ހަމަޖައްސައިދިނުން.
  • ކުންފުނިތަކުގެ ބަދަލުގައި، ހިޔާވަހިކަމަށް ޚާއްޞަވެފައިވާ އިދާރާއެއް އުފައްދާ، ހަމަހަމަކަމާއި، އިންސާފުވެރި ކަމާއި، ހާމަކަމާއެކު ހިޔާވަހިކަމުގެ ސިޔާސަތު ތަންފީޛު ކުރުން.

 

ޞިއްޙީފަރުވާ:

  • ފެންވަރު ރަގަޅު ސިއްޙީ ޚިދުމަތް ލިބޭނެހެން ހެދުން:
    • އަތޮޅު ސިއްޙީ މަރުކަޒުތަކަށް ބޭނުންވާ އެހީތެރިކަން ރީޖަނަލް ހޮސްޕިޓަލްތަކުން ލިބޭނެ ގޮތަށް ކަންކަން ފަހިކުރުން.
    • އެމީހަކު ދިރިއުޅޭ ތަނަކުން، އާންމުކޮށް ފަރުވާހޯދަން ޖެހޭ ސިއްޙީ ޙާލަތްތަކަށް ޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެއްސުން.
    • މުޅި ސިއްޙީ ދާއިރާގެ ފެންވަރު ކޮންމެ އަހަރަކު ވަޒަންކޮށް، ހައްލުކުރަން ޖެހޭ ކަންކަމާއި މައްސަލަތައް ދެނެގަނެ، ރައްޔިތުންނަށް ދޭ ޚިދުމަތުގެ ފެންވަރު ރަގަޅުކުރަމުން ދިއުން.
    • ރީޖަނަލް ހޮސްޕިޓަލްތަކުގެ ހިންގުން ހަރުދަނާ ކުރެވޭނެ އުޞޫލެއް ސަރުކާރުން ކަނޑައެޅުން.
    • ރާއްޖެ އެތެރެކުރެވޭ ބޭހުގެ ފެންވަރު ބެލެހެއްޓުމުގެ ޤާބިލްކަން އިތުރުކުރުމާއި، ހަރުދަނާ ނިޒާމެއްގެ ތެރެއިން ބޭސް އެތެރެކުރުން.
    • ފާޓިލިޓީ ޚިދުމަތްތައް ސަރުކާރުން ހިންގާ ހޮސްޕިޓަލުން ލިބޭނެ ގޮތް ހެދުން.
    • ޕްރައިމަރީ ހެލްތު ކެއަރ ހަރުދަނާކުރުމާއި ހެލްތު ވޯކަރުންގެ ދައުރު ކަނޑައެޅުން.
    • ޕަރަމެޑިކްސް އާއި އިމަރޖެންސީ ކެއަރ ހަރުދަނާ ކުރުން.
    • މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް، އަންހެނުންނާއި ކުޑަކުދިންގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރެއްގެ ޚިދުމަތް ލިބޭނެ ގޮތް ހަމަޖެއްސުން.
  • ޕްރިވެންޓިވް ހެލްތުކެއަރ ކުރިއެރުވުމުގެ ގޮތުން “ލައިފް ސްޓައިލް ސެންޓަރު” ތަޢާރަފް ކުރުން.
  • އިންޓާނަލް މޮނިޓަރިންގ މެކޭނިޒަމް ހަރުދަނާކުރުމާއެކު ސިއްޙީ ދާއިރާއިން ކޮރަޕްޝަން ނައްތާލުމަށްޓަކައި ކުރެވޭ ހޭދަތަކުގެ ދެފުށް ފެންނަ ގޮތް ހެދުން.
  • މެޑިކަލް ނެގްލިޖެންސްއަށް ހަރުދަނާ ފިޔަވަޅު އެޅުން.
  • މެޑިކަލް އިންޝޫރެންސް ކާޑެއް ތަޢާރަފްކޮށް، ބޭސްފަރުވާއަށް ސަލާން ޖެހުން ނިމުމަކަށް ގެނެސް، ހެލްތު އިންޝުއަރަންސްގައި ހުރި ދަރަޖައިގެ ތަފާތުތައް ނައްތާލުން.
  • އެކި ކަހަލަ އަނިޔާ ލިބިގެން ފަރުވާއަށް ގެންދެވޭ ފަރާތްތަކުގެ އަނިޔާ ދިރާސާކޮށް، އޮކިއުޕޭޝަނަލް ސޭފްޓީ މިންގަނޑު މުރާޖައާ ކުރުން.
  • އެޑޮލޮސެންޓް / ޔޫތު ސެންޓަރުތައް ކޮންމެ އަތޮޅެއްގައި ޤާއިމް ކުރުން.
  • އަތޮޅުތެރޭގައި ޕްރައިވެޓް ހެލްތު ސެންޓަރުތައް ޤާއިމް ކުރުމަށް ސަޕޯޓް ކުރުން:
    • މެޑިކަލް އިކުއިޕްމެންޓުގެ ޓެކްސް ކުޑަކޮށް، ޞިއްޙީ ޚިދުމަތް ދިނުމަށް އަޅާ ޢިމާރާތްތައް އެޅުމަށް ސަބްސިޑީ ދިނުމާއި، މެޑިކަލް ޕްރޮގްރާމްތަކަށް މާލީ އެހީދިނުން.
    • ޕަބްލިކް-ޕްރައިވެޓް ޕާޓްނާޝިޕަށް ފުރުޞަތު ހުޅުވާލުން.
    • ޓެލެމެޑިސިން އިން ރިމޯޓް ކޮންސަލްޓޭޝަން ހެދުން.
    • ޕްރައިވެޓް ހެލްތު ސެންޓަރުތަކަށް ރެފެރަލް ހެދޭނެ އޮތޯރިޓީ ކޮމިއުނިޓީ ހެލްތު ވޯކަރުންނަށް ދިނުން.
  • އަލަށް ޤާއިމްކުރެވޭ 4 އަރބަން ސެންޓަރުގައި ފެންވަރު ރަގަޅު ޓާޝަރީ ހޮސްޕިޓަލް ޤާއިމް ކުރުން.
  • ނަފްސާނީ ދުޅަހެޔޮކަމަށް ބޭނުންވާ ފުރުޞަތު ފުޅާކުރުމާއި، ނަފްސާނީ ދުޅަހެޔޮކަމަށް ބޭނުންވާ ޚިދުމަތްތަކަކީ ޞިއްޙީ އިންޝޫރެންސްގައި ހިމެނިފައިވާ ޚިދުމަތްތަކަކަށް ހެދުން:
    • ސްކޫލުތަކުގައި ހިނގާ ނަފްސާނީ އަދި އިޖުތިމާޢީ މައްސަލަތަކަށް ސައިކޯ ސޯޝަލް ސަޕޯރޓް ވަރުގަދަ ކުރުން.
  • ނަފްސާނީ ބަލިތަކުގެ ފަރުވާ ސްޓޭންޑަޑައިޒް ކުރުން:
    • އެވިޑެންސް ބޭސްޑް-ގައިޑްލައިންސް ތަޢާރަފް ކުރުން.
    • މެންޓަލް ހެލްތު ޕްރޮފެޝަނަލުން އިތުރު ކުރުމާއި މުޠާލިއާ ކުރުން.
    • މެންޓަލް ހެލްތު ޕްރޮފެޝަނަލްސް އާއި ޕްރައިމަރީ ހެލްތު ކެއަރ ދޭ ފަރާތްތަކާއި، ފަރުވާދޭ އެހެން ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމް ކުރުން.
  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ތެރަޕީ ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ތެރަޕީ ލިބޭނެ ނިޒާމެއް ތަޢާރަފް ކުރުން.
  • ޕްރައިވެސީގެ ޤާނޫނެއް ތަޢާރަފް ކުރުން.

 

ދިރިއުޅުމުގެ ޚަރަދު:

  • ޑޮމެސްޓިކް ކަރަންޓު މީޓަރުތަކުން، ކޮންމެ މަހަކު، ފުރަތަމަ 100 ޔުނިޓް ހިލޭކުރުމާއި، ޑޮމެސްޓިކް ފެން ބިލުން 3000 ލީޓަރު ފެން ހިލޭ ކުރުން.
  • ގޭބިސީން އުފެދޭ ޑޮމެސްޓިކް ކުނި (ހައުސް ހޯލްޑް ވޭސްޓް) އުކާލުން ހިލޭ ކުރުން.
  • މިހާރުގެ ސްކޫލު ނިޒާމު ބަދަލުކޮށް، ކޮންމެހެން ޓިއުޝަނަން ގެންދަން ޖެހޭ އުސޫލު ނައްތާލުން.
  • ޢާންމު ބޭނުންތަކަށް ބޭނުންކުރާ ކޮތަޅުން ނަގާ 2 ރުފިޔާ ކަނޑާލުން.
  • ބޭންކު އޮފް މޯލްޑިވްސްގެ ލޯނު ސްކީމްތައް މުރާޖަޢާކޮށް، ދިވެހިންގެ ޖީބަށް ލުއިވާނެ ގޮތަކަށް ސިޔާސަތު އެކަށައެޅުން.
  • ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް އިންޓަނެޓް ބޭނުންކުރާ ފަރާތްތަކަށް މަހަކު 5،000 މެގަބައިޓް ޑޭޓާ ހިލޭ ލިބޭނެ ގޮތް ހެދުން.
  • ސްމާޓް ކާޑެއް ތަޢާރަފްކޮށް، އެ ކާޑުން، ސަރުކާރުގެ ހުރިހާ ޚިދުމަތްތައް ލިބޭނެ ގޮތް ހެދުން.

 

ކާބޯތަކެތި:

  • ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށްޓަކައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުން.
  • ކާބޯތަކެތީގައި ކެމިކަލް (ޕެސްޓިސައިޑް ހިމެނޭހެން) އެކުލެވިގެންވާ ވަރު ބެލުމުގެ ޤާބިލްކަން އެމް.އެފް.ޑީ.އޭ ގައި ޤާއިމް ކުރުން.
  • ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނެއް ގެނައުން.

 

ވަޒީފާ:

  • ބެލެނިވެރިންނަށް ވަޒީފާ އަދާކުރުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމުގެ ގޮތުން، ޑޭކެއާގެ ޚިދުމަތަކީ ސަރުކާރުން ސަބްސިޑައިޒް ކުރާ ޚިދުމަތަކަށް ހެދުމާއި، އެދާއިރާ ކުރިއެރުވުން.
  • ވަޒީފާ ގެއްލިދާނެކަމުގެ ބިރު ނައްތާލާ، ސިވިލް ސަރވިސް އިން މުސްކުޅިކުރުވޭނެ ޢުމުރަކީ 65 އަހަރުކަމަށް ކަނޑައެޅުން.
  • ފަންނީ މަޤާމުތަކުގައި ތިބޭ ބިދޭސީ މުވައްޒަފުންނާއި ދިވެހި މުވައްޒަފުންގެ މެދުގައި ދެވޭ މުސާރައާއި ޢިނާޔަތްތަކުގެ ފަރަގު ނައްތާލުން.
  • ވަޒީފާއަދާ ނުކުރެވޭ ފަރާތްތަކަށް އަންއެމްޕްލޯއިމެންޓް ސަޕޯޓް ދިނުން.

 

ކުޅިވަރާއި ރިކްރިއޭޝަން:

  • ކުޅިވަރާއި ރިކްރިއޭޝަންގެ ދާއިރާއިން ކޮރަޕްޝަން ނައްތާލުމާއެކު އެދާއިރާ ހަރުދަނާކުރުން:
    • ކުޅިވަރު ރެގިއުލޭޓް ކުރުމުގެ ކަންކަން އެދާއިރާއެއްގެ އެސޯސިއޭޝަނަށް ދޫކޮށްލުން.
    • ކުޅިވަރު ކުޅޭ ތަންތަނުން އެންމެންނަށްވެސް ފުރުޞަތު ލިބޭނެ ގޮތް ހެދުމަށް މިހާރު އޮތް މޮނޮޕޮލީ ނައްތާލުން.
  • ޕެޓް ކެއަރ ހަރުދަނާ ކުރުމާއި ޕެޓްސްގެ ގޮތުގައި ގެންގުޅެވޭނެ ތަކެއްޗާއި އެތަކެތި ގެންގުޅުމުގައި ހިފަހައްޓަން ޖެހޭ މިންގަނޑު ކަނޑައެޅުން.
  • ސްޓްރޭ ޖަނަވާރު މެނޭޖް ކުރުން.
  • ރިސޯޓްތަކުގެ ހިތްފަސޭހަކަމަކީ ދިވެހިންނަށްވެސް ލިބޭ އެއްޗަކަށް ހެދުން.
  • ޕިކްނިކް ސަރަޙައްދުތަކުގެ ކައިރީގައި ޒަރޫރީ ވަޞީލަތްތައް ޤާއިމްކުރުމަށް ޚާއްޞަ ޕްރޮގްރާމެއް ހިންގުން.
  • ޔޫތު ސެންޓަރުތަކާއި ތީމް ޕާކު އަދި މަލްޓިޕްލެކްސް ޤާއިމް ކުރެވިފައިވާ އަރބަން ސެންޓަރުތައް އުފެއްދުން.
  • މުނިފޫހިފިލުވުމުގެ ފުރުޞަތުތައް އިތުރުކޮށް، ޝޮޕިންގ މޯލްތަކާއި ސިނެމާތަކާއި އެންޓަޓެއިންމަންޓް ސެންޓަރުތައް އެކި ރަށްރަށުގައި ޤާއިމްކުރުން.
  • ކުޅިވަރުގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ދަރިވަރުންނަށް ހިލޭ ތަމްރީނު ވެވޭނެ، ދައުލަތުގެ ކުޅިވަރު އެކެޑަމީއެއް ޤާއިމްކުރުން.
  • ފުޓްސެލް އާއި ފުޓްބޯޅަ އަދި އެފަދަ ބޯލް ސްޕޯޓްސް އިން ބޭރަށް ކުޅިވަރުގެ ދާއިރާ ގެންދިއުމާއެކު އެޑްވެންޗަރ ސްޕޯޓްސް ކުރިއެރުވުން:
    • އެޑްވެންޗަރ ސްޕޯޓްސް އާއި ރިކްރިއޭޝަނަލް ސްޕޯޓްސް އަކީ ދިވެހިންނަށް ޚާއްޞަ ކުރެވިފައިވާ ދާއިރާއަކަށް ހެދުން.
    • މޮޅު ކުޅުންތެރިންނާއި އެތުލީޓުންނަށް އެލަވަންސް ލިބޭފަދަ ސްކޮލަރޝިޕް ތަޢާރަފް ކުރުން.
  • ދިވެހި ފަންނުވެރިން ކުރިއެރުވުން.
  • މަލްޓިޕްލެކްސް ތަޢާރަފް ކުރުމާއި، ރިކްރިއޭޝަނަލް ފެސިލިޓީސް މުޅި ރާއްޖޭގައި އިތުރުކޮށް، ކޮންމެ ސަރަޙައްދެއްގައި ޕިކްނިކް ދާނެ ތަނެއް ކަނޑައަޅާ، ތަރައްޤީ ކުރުން.

 

އިޖުތިމާޢީ ރައްކާތެރިކަން:

  • ޢުމުރުން 18 އަހަރުވެފައިވާ ކޮންމެ ދިވެހި ރައްޔިތަކަށް ރަމަޟާން މަހު 3،000 ރުފިޔާގެ ރޯދަ އެލަވަންސެއް ކަށަވަރުކޮށްދިނުން.
  • އަލަށް ވިހާ ކޮންމެ ކުއްޖެއްގެ ބޭނުމަށް ސަރުކާރުން 5،000 ރުފިޔާގެ އިނާޔަތެއް ދިނުން.
  • ގިނަ މީހުން ޚިދުމަތް ލިބިގަންނަ ތަންތަނުގަ އާއި އާބާދީ ބޮޑެތި ރަށްރަށުގައި ޕަބްލިކް ފާޚާނާތައް ގާއިމްކުރުން.
  • އައިޑީ ކާޑާއި ޕާސްޕޯޓްގެ މުއްދަތު ހަމަވުމުގެ ކުރިން އައުކުރެވޭނެ ނިޒާމެއް ތަޢާރަފް ކުރުން.
  • ނޭޝަނަލް ޕަވަޓީ ލައިން ޤާއިމްކޮށް، ފަޤީރުންނަކީ ކޮން ބައެއްކަން ކަނޑައެޅުން.
  • ފަޤީރުކަމުގެ ޙާލަތު ބަދަލު ކުރުމަށްޓަކައި ވަކި ނިޒާމެއް ތަޢާރަފް ކުރުން.
  • ސަރުކާރުން ދޭ މާލީ އެހީތަކަކީ އެމީހަކަށް ނުވަތަ އެއާއިލާއަކަށް ލިބޭ އާމްދާނީއަށާއި ބޭނުންވާ މިންވަރު ވަޒަންކުރުމަށްފަހު ދޭ އެއްޗަކަށް ހެދުން.
  • ޚާއްޞަ އެހީއަށް ބޭނުންވާ އަންހެނުންނާއި ފިރިހެނުން ވަކިން ގެންގުޅޭ ގޮތަށް ކޮންމެ ސަރަޙައްދެއްގައި ފެސިލިޓީއެއް ހެދުން (މިހާރު 2 ޖިންސް އެއްކޮށް ތިބުމުން، އަންހެނުންނަށް މޫވްމެންޓް ވަނީ ރެސްޓްރިކްޓް ކޮށްފައި).
  • ދަރިންނާ ވަކިވެފައިވާ މައިންނާއި ބައްޕައިންނަށް ދަރިންނާ ބައްދަލުވެވޭނެ ހަރުދަނާ ނިޒާމެއް ތަޢާރަފްކުރުން.

 

ޕެންޝަނާއި އެލްޑާލީ ކެއަރ:

  • މަސްވެރިންނާއި ދަނޑުވެރިންނާއި، އެހެންވެސް މަސައްކަތްތެރިންނަށް ޚާއްޞަ ޕެންޝަން ސްކީމެއް ތަޢާރަފް ކުރުން.
  • ކުރިން ސަރުކާރުގައި ވަޒީފާއަދާކުރި މީހުންނަށް، ޚިދުމަތްކުރި މުއްދަތަށާއި ޚިދުމަތަށް ރިއާޔަތްކޮށް، އެކަށީގެންވާ ޕެންޝަން ލިބޭނެހެން ހެދުން.
  • ޕެންޝަން ފަންޑުގައި ހުންނަ ފައިސާގެ %30، އުމުރުން 55 އަހަރުވުމުން ނެގޭނެ ގޮތް ހެދުން.
  • ވަޒީފާއެއްގެ ގޮތުގައި ކުޅިވަރުގެ މައިދާނުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ޚާއްޞަ ޕެންޝަން ސްކީމެއް ތަޢާރަފްކުރުން.
  • ގުރައިދޫ ސެންޓަރުން އެލްޑާރލީ ހޯމް އާއި އޭޖްޑް ކެއަރ ވަކިކުރުން.
  • ޢާންމު ފަރާތްތަކަށް އެލްޑާލީ ކެއަރ ހިންގޭނެ އުޞޫލެއް ޤާއިމްކޮށް، އެޚިދުމަތް ދިނުމުގެ މަސައްކަތުގައި ސަރުކާރުން އެހީތެރިކަން ފޯރުކޮށް ދިނުން.

 

އަންހެނުން:

  • އަންހެނުންނާ ބެހޭ ސިޔާސަތު އަދި މަސައްކަތްތައް ސެންޓްރަލައިޒް ކުރުމާއި އެދާއިރާ އިޖުތިމާއީ މައްސަލަތަކާ އެއްނުކުރުން.
  • އަންހެނުންނަށް އިޤުތިސާދީ ބާރުވެރިކަން ހޯދާދިނުން:
    • ބޮޑެތި އާބާދީތަކުގައި ފެކްޓަރީ ސްޓައިލަށް މަސައްކަތް އުފައްދައި، ވަޒީފާތައް އުފައްދައި، އަންހެނުންނަށް ވަޒީފާތައް ލިބޭނޭ ގޮތް ހަމަޖެއްސުން.
    • ވިޔަފާރިތަކުގައި މަސައްކަތްކުރާ އަންހެނުންގެ ކުރިއެރުމަށް އިތުރު ހިތްވަރު ލިބޭނޭ އުޞޫލު ތައާރަފް ކުރުން.
    • ގޭގައި ވިޔަފާރިކުރާ އަދި ކުދި ވިޔަފާރިތައް ކުރާ އަންހެނުންނަށް ވިޔަފާރި ތަރައްޤީކޮށް މަސައްކަތް ފުޅާކުރުމަށް އެހީތެރިވުމަށްޓަކައި ވަން-ސްޓޮޕް ހަބް ތަޢާރަފް ކުރުން.
  • އަންހެނުންނަށް ސިޔާސީ ބާރުވެރިކަން ހޯދާދިނުން:
    • ދައުލަތުގެ އިސް މަޤާމުތަކާއި ކުންފުނިތަކުގެ އިސްމަޤާމުތަކުން %30 އަންހެނުންނަށް ރިޒާވްކުރުން.
    • ރައްޔިތުންގެ މަޖިލީހުގައި އިންތިޚާބުކުރެވޭ ގޮނޑިތަކުން މަދުވެގެން %30 އަންހެނުން ތަމްސީލު ކުރެވޭނެ ގޮތެއް އެކަށައެޅުން.
    • ރައްޔިތުންގެ މަޖިލީހަށާއި ކައުންސިލްތަކަށާއި އެހެނިހެން އިންތިޚާބީ މަޤާމުތަކަށް އަންހެނުން ނެރުމަށް އިތުރު މަސައްކަތްކޮށް، މާލީ އެހީތެރިކަން ދިނުން.
  • އަންހެނުންގެ ޚާއްޞަ ހެލްތު ފެސިލިޓީސް ކޮންމެ ސަރަޙައްދެއްގައި ޤާއިމް ކުރުން.
  • ހެލްތް އިންޝުއަރަންސްގެ ތެރެއިން މައްސަރު ދުވަސްތަކުގައި ބޭނުންކުރާ ޕެޑްސް ހިލޭ އަންހެނުންނަށް ލިބޭނެ ގޮތް ހެދުން.
  • އަންހެނުންނާއި މުޖްތަމަޢުގެ ވަލްނަރަބްލް މީހުން ރައްކާތެރިކުރުމަށްޓަކައި ކައުންސިލްތަކުގައި ޚާއްޞަ އުޞޫލުތަކެއް ހަމަޖައްސާ، އެމަސައްކަތް ވަކި ސެކްޝަނަކުން ކުރުމާއި، އެ މުއައްޒަފުންގެ ޒިންމާއަކީ ރަށުގެ ރައްޔިތުންގެ ތެރެއިން ރައްކާތެރިކަން ބޭނުންވާ މީހުންގެ ރައްކާތެރިކަން ކަށަވަރުކުރުން.
  • އެކަނިވެރި މައިންނަށް ދޭ އިނާޔަތް 4،000 ރުފިޔާއަށް ބޮޑުކޮށް، އަދި ވަކި މިންވަރަކަށް އާމްދަނީ ނުލިބޭ އެންމެހާ އާއިލާތަކަށް މާލީ އިނާޔަތެއް ދިނުން.
  • އަންހެނުންނަށް ފުރައްސާރަކުރުމާއި ހަނގާކުރާ މައްސަލަތަކަށް ވަގުތުން ފިޔަވަޅު އެޅުން.
  • ރޭޕްއަށާއި ޖިންސީ ކުށްކުރާ ފަރާތްތަކުގެ އަދަބު ލުއިނުކުރެވޭނެ ނިޒާމެއް ގެނެސް، ހިންގުން.
  • އަންހެނުންނަށް ލިބޭ ޖިންސީ އަދި ގެވެށި އަނިޔާގައި އިންސާފު ހޯދުމުގެ މަގުތައް ފަހިކުރަން ކުރަންޖެހޭ ކަންކަން، ޤާނޫނީ އަދި އިދާރީ ގޮތުން ހަމަޖެއްސުން.
  • އަންހެނުންނަށް ހަމަހަމަ ފުރުޞަތުތައް ކަށަވަރުކޮށްދީ، އަންހެނުންނަށް އިސްކަން ދީ، އަންހެނުންނަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމްތައް ތަޢާރަފްކުރުން.
  • އަންހެނުން ވަޒީފާ އަދާކުރުމުން ދުރުހެލިވާ ސަބަބުތައް ދިރާސާކޮށް، އެކަމަށް ހައްލު ހޯދާދިނުން.

4. ފަންނީ ޖީލެއް:

އެންމެހާ ދިވެހިންނަށް ފުރުޞަތު ފަހިވެފައިވާ ތަޢުލީމީ ނިޒާމެއްގެ ތެރެއިން ފަންނުވެރި ދިވެހިން ބިނާކޮށް، އުނގެނުމުގެ ފުރުޞަތު މުޅި ޙަޔާތުގައި ލިއްބައިދޭނަން.

މިއަމާޒު ޙާޞިލްކުރުމުގެ ގޮތުން ކުރާނެ ކަންކަމަކީ:

  • އާލީ ލާނިންގ މަންހަޖެއް އެކުލަވާލާ، ޑޭ ކެއަރ އަކީވެސް އުނގެނުމުގެ ބަޔަކަށް ހެދުން.
  • ޕްރީ ސްކޫލުން ފެށިގެން ޑޮކްޓޯރަލް ސްޓަޑީސްއާ ހަމަޔަށް ހިލޭ ތަޢުލީމު ފޯރުކޮށްދިނުން.
  • ޤައުމަށް ޚިދުމަތްކޮށްދޭ ދިވެހި ދަރިންގެ ސްޓޫޑެންޓް ލޯނު މަޢާފުކޮށް، ކިޔަވައިގެން އަންނަ ދިވެހިންނަށް ރާއްޖެއިން އެކަށީގެންވާ ވަޒީފާ ކަށަވަރުކޮށްދިނުން.
  • އެއްދަންފަޅިއަށް ހުރިހާ ސްކޫލެއްގެ ކިޔެވުން ބަދަލުކުރުމާއި، ސްކޫލު ޙަރަކާތްތައް ރޭގަނޑު ނުބޭއްވުމާއި، ހުކުރު ދުވަހަކީ ސްކޫލްގެ އެއްވެސް ހަރަކާތެއް ނުބާއްވާ، އާއިލީ ދުވަހަކަށް ހެދުން.
  • އެއްފަހަރު ސްކޫލަށް ގެންދިއުމުން އަލުން ތަންތަނަށް އެމާއްދާތައް ކިޔަވަން ދާން ނުޖެހޭ ވަރަށް ޓިއުޝަން ފުރީ ތައުލީމް ދެވޭކަން ކަށަވަރުކުރުމާއެކު ސްކޫލް ޓީޗަރުންނަށް އެމީހުން ކިޔަވައިދޭ ދަރިވަރުންނަށް ވަކި ތަންތަނަށް ގެންގޮސްގެން ޓިއުޝަން ނުދެވޭ ގޮތަށް ހަމަޖެއްސުން.
  • ފެތުން އަދި ފިޓްނަސް ސްކޫލް ކަރިކިއުލަމް ގައި ހިމެނުން.
  • ޘާނަވީ ތަޢުލީމު ސްކޫލުތަކުގައި އާޓްސް / ހިއުމަނިޓީސް ސްޓްރީމް އަލުން ތައާރަފްކުރުން.
  • ހުރިހާ ސްކޫލެއްގެ އިންޓަނެޓް ކަނެކްޝަން 6 ޖީ.ބީ.ޕީ.އެސް އަށް އިތުރުކުރުން.
  • ދަރިވަރުންގެ ދުޅަހެޔޮކަމަށް ޚާއްޞަ އިސްކަމެއްދީ، އެކަމަށް ބޭނުންވާ އަސާސީ ވަސީލަތްތަކާއި ސާމާނު ދައުލަތުން ސްކޫލުތަކަށް ފޯރުކޮށްދިނުން.
  • ރާއްޖޭގެ ކޮލެޖުތަކާއި ޔުނިވަރސިޓީތަކުގައި ހިންގާ ކޯސްތަކުގެ ފެންވަރު ކަށަވަރުކުރުމަށްޓަކައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއަކީ މިނިވަންކަމާއެކު ހިންގާ އިދާރާއަކަށް ހަދާ، އެކަށީގެންވާ ބަޖެޓު ދިނުން.
  • ކުޅިވަރަށް މޮޅު ދަރިވަރުންނަކީ ސްކޮލަރޝިޕް ލިބޭ ބަޔަކަށް ހެދުން.
  • ރާއްޖެއަށް ބޭނުންވާ ހުނަރު ވަޒަންކޮށް، އޭގެ މައްޗަށް، ވަޒީފާގެ ބާޒާރަށް ބޭނުންވާ މީހުންނަށް އުނގަންނައިދީގެން މީހުން އުފެއްދުން، އެގޮތުން ސްކިލްސެޓް އަހަރުން އަހަރަށް މުރާޖާކޮށް، މުޅި ސްކޫލް ސިސްޓަމްގެ ތެރެއިން ނިކުންނަ ކޮންމެ ދަރިވަރަކީ ކޮންމެވެސް ހުނަރެއް އުނގެނިފައިވާ ދަރިވަރެއްކަން ކަށަވަރު ކުރުން.
  • މުޅި ތަޢުލީމީ ދާއިރާއިން ރާއްޖެއަށް ބޭނުންވާ މީހުން އުފެއްދުން.
  • ސެކަންޑަރީ ސްކޫލްތަކަށް ވޮކޭޝަނަލް އަދި ޓެކްނޮލޮޖީ އައުޓްސޯސިންގ ސްޓްރީމެއް ތަޢާރަފްކުރުމާއި، ލައިފް ސްކިލްސް ޕްރޮގްރާމެއް ފަރުމާކޮށް ޤައުމީ މަންހަޖުގެ ތެރެއިން ހިންގުން.
  • ރާއްޖޭގައި ކިޔަވާދޭ މަންހަޖަކީ 21 ވަނަ ގަރުނައަށް ބޭނުންވާ ޓެކްނޮލޮޖީއާއި، ވާޗުއަލް ރިއަލިޓީ އެޑިއުކޭޝަން ބޭނުންކޮށް، ހުނަރު ދަސްކުރެވޭނެ ގޮތަށް ބައްޓަން ކުރެވިފައިވާ، އަހަރުން އަހަރަށް މުރާޖަޢާ ކުރެވޭ މަންހަޖަކަށް ހެދުން.
  • ކުލާސްރޫމްތައް އެއާކޮންޑިޝަންކޮށް، ކިޔަވައިދޭ ޓީޗަރުން އިތުރުކޮށް، ޓެކްނޮލޮޖީގެ އެހީގައި ކިޔަވައިދެވޭނެ ނިޒާމެއް ޤާއިމްކުރުން.
  • ރަށްރަށުގައި ސްކިލްސް ސެންޓަރެއް ތައާރަފްކޮށް، އެރަށެއްގައި ކިޔަވާ ހުރިހާ ކުދިން ސްކިލްސް ސެންޓަރުގައި ރަޖިސްޓަރީ ކުރުން.
  • ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް ސްކޫލް މެނޭޖުމަންޓް ސިސްޓަމް ތަޢާރަފްކޮށް، ދަރިވަރުންގެ ޑޭޓާބޭސް އެސިސްޓަމް މެދުވެރިކޮށް ބަލަހައްޓައި، އެޕެއް ބޭނުންކޮށް ކުދިންނަށާއި ބެލެނިވެރިންނަށް ނޮޓިފިކޭޝަން ފޮނުވޭނެ ނިޒާމެއް ޤާއިމްކުރުން.
  • ޓެކްނޯލޮޖީ ތަޢުލީމުގެ ތެރެއަށް ވަންނައިރު، އެދާއިރާއިން ބެލެނިވެރިން ހޭލުންތެރި ކުރުން.
  • ވޮކޭޝަނަލް، ޓެކްނޮލޮޖީ އައުޓްސޯސިންގ އަދި ލައިފްސްކިލްސް ފަދަ ތަފާތު މާއްދާތަކަށް ޚާއްޞަކޮށްގެން ކިޔަވައިދޭނެ ލެކްޗަރާއިން ބިނާކުރުން.
  • ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ޚާއްޞަ ފަންނުވެރި ސްޓްރީމެއް ތަޢާރަފްކޮށް، އެކުދިންނަށް ތެރަޕީ ހަބެއް ޤާއިމްކުރުމާއި، ލެވަލް 3 އިން ފެށިގެން ޑިޕްލޮމާ އާހަމައަށް ތަމްރީންކޮށް، ހުނަރު ޔަގީންކޮށް، އެކުދިންނަށް ދައުލަތުގެ އެކިއެކި މުއައްސާތަކާއި ކުންފުނިތަކުން ވަޒީފާގެ ފުރުޞަތު ހޯދައިދިނުން.
  • ސްކޫލްތަކާއި ކޮލެޖުތަކާއި ޔުނިވަރސިޓީތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، ޓެކްނޮލޮޖީއާއި ވަޞީލަތްތައް ޤާއިމްކުރުން.
  • ލޯނާއި ގްރާންޓްސްގެ ދަށުން، މަތީ ތަޢުލީމަށް ރާއްޖެއިން ބޭރަށް ފޮނުވޭ ދާއިރާތަކަކީ، ރާއްޖޭގެ ތަރައްޤީގެ ޕްލޭނާއި އިންޑަސްޓްރީސްތަކަށް ބޭނުންތެރި ދާއިރާތަކަކަށް ހެދުން.
  • މަތީ ތަޢުލީމަށް ކިޔަވާ ދަރިވަރުންނަށް ޚާއްޞަ ކުރެވިގެން ރާއްޖޭގެ އެކި ހިސާބުތަކުގައި ދަނާލުތައް ޢިމާރާތްކުރުން.
  • އަމިއްލަ ފަރާތްތަކަށް ޔުނިވަރސިޓީ އުފެއްދުމަށް އޮންނަ ޤާނޫނީ ހުރަސްތައް ނައްތާލައި، ރާއްޖޭގެ ކޮލެޖު ޔުނިވަސިޓީތައް ދުނިޔޭގެ އެކި ގައުމުތަކުގެ ކިޔަވާ ކުދިންނަށްވެސް ހުޅުވާލައި، އެކަމަށް މަގުފަހިކޮށްދީ ތަރައްޤީކޮށްދިނުމަށް އެހީތެރިވެދިނުން.
  • NIE /QAD ރިފޯމްކޮށް، އަހަރުން އަހަރަށް އޮޑިޓްކޮށް، ސްކޫލުތަކުގެ ހިންގުމާ ކިޔަވާދިނުމުގެ ފެންވަރު ކަށަވަރުކުރުން.
  • އޮންލައިން ތަޢުލީމުގެ ފުރުޞަތު މުޅި ރާއްޖެއަށް ފުޅާކޮށް، އެކަމަށް ބޭނުންވާ ވަސީލަތްތައް ތަރައްޤީކޮށް، އޮންލައިން ލައިބްރުއަރީ ރާއްޖޭގެ މުޅި ތައުލީމީ ސިސްޓަމުގެ ތެރޭގައި ހިމެނުން.
  • ޔުނިފޯމް ބޮޑީ (ކެޑޭޓް / ބޭންޑް /ސްކައުޓް /ކަބްސްކައުޓް /ގާލްގައިޑްސް /ލިޓިލްމޭޑް) އަލުން ބާރުވެރިކުރުމާއި ކުރީ ސަފަށް އަލުން ގެނެސް، އެތަންތަން ހިންގަން ފައިސާއާއި އޮފީސް ހަމަޖައްސައިދިނުން.
  • ބައިނަލްއަޤުވާމީ ފެންވަރުގެ ސްޕޯޓްސް އެކެޑެމީއެއް ތަރައްޤީކުރުމާއި، އެ އެކެޑެމީއިން ދަސްވެނިވާ ދަރިވަރުންނަކީ މުސްތަޤުބަލުގައި އަމިއްލައަށް އާމްދަނީ ހޯދޭނެ ފެންވަރުގެ ބަޔަކަށް ހަދައި، ރާއްޖެއިންނާއި ބޭރު ޤައުމުތަކުން އެފަރާތްތަކަށް ކުރިއަށްދާނެ ފުރުޞަތު ހޯދައިދިނުމަށް އެހީތެރިވުން.
  • ނޭޝަނަލް ރިސާޗް ޑިވެލޮޕްމަންޓް ފަންޑެއް އުފައްދައި، ރިސާޗް އެންޑް ޑިވެލޮޕްމަންޓް އިނިޝިއޭޓިވްސްއަށް ފުރުޞަތު ފަހިކޮށްދީ، ދުނިޔޭގެ ރިސާޗް ޑިވެލޮޕްމަންޓް ސެންޓާރތަކަށް ރާއްޖޭގައި ހިންގުމުގެ ފުރުޞަތު ހުޅުވާލުން.
  • ތަރައްޤީވެފައިވާ ޤައުމުތަކާއި ގުޅިގެން ތަޢުލީމާއި އުނގަންނައި ދިނުމާބެހޭ ޤައުމީ ކޮންފަރެންސްއެއް ކޮންމެ 2 އަހަރުން އެއްފަހަރު ރާއްޖޭގައި ބާއްވައި، ތަރައްޤީވެފައިވާ ޤައުމުތަކުގައި ބާއްވާ އެފަދަ ކޮންފަރެންސްތަކުގައި ރާއްޖޭގެ ސްކޫލްތަކުގެ މެނޭޖުމަންޓަށް ބައިވެރިވެވޭނެ އުސޫލެއް ކަނޑައެޅުން.

 

5. ބަދަހި އިޤްތިޞާދު:

ދިވެހި ޤައުމުގެ އިޤުތިޞާދު މިހާރު ވެއްޓިފައިވާ އަނދަވަޅުން ނަގާ، ދިވެހިންގެ ފުދުންތެރިކަމަށް މަސައްކަތް ކުރެވޭނެ ވަރުގެ އިޤުތިޞާދެއް ކޮޅަށް ޖަހާނަން.

މިއަމާޒު ޙާޞިލްކުރުމުގެ ގޮތުން ކުރާނެ ކަންކަމަކީ:

  • ފަތުރުވެރިކަން ފުޅާކޮށް، ފަތުރުވެރިކަމުގެ ނަފާ އެންމެންނަށް ކަށަވަރުކުރުން:
    • ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް ފަތުރުވެރިކަން ފުޅާކުރުން.
    • އަތޮޅުތަކުގެ އިޤުތިޞާދީ ހަރަކާތް ފުޅާކުރުމަށް، ގެސްޓް ހައުސް އަޅައި، ތަޅުދަނޑި ޙަވާލުކުރުން.
    • ގެސްޓްހައުސްގެ ވިޔަފާރި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފުޅާކުރުން.
    • ރަށްރަށުގައި ފަތުރުވެރިން ކުރާ ހޭދަ އިތުރުކުރުމުގެ ގޮތުން، ރަށްރަށުގެ ކަލްޗުރަލް ސެންޓަރތައް ތަރައްޤީ ކުރުން.
    • ކޮންފަރެންސް އެންޑް ކޮންވެންޝަން ޓޫރިޒަމް ތަރައްޤީ ކުރުން.
    • ޓުއަރިޒަމް ވިޔަފާރީގެ ތެރެއަށް ވަނުމަށް ދިވެހިންނަށް ފަސޭހަ ގޮތްތަކެއް ތަޢާރަފް ކުރުން.
    • ޓުއަރިޒަމްގެ ވިޔަފާރީގައި ރައްޔިތުންނަށް ހިއްސާ ވިއްކާފައިވާ ކުންފުނިތަކުގެ ދައުރު ފުޅާކޮށް، ގިނަ ދިވެހިންނަށް ޓުއަރިޒަމްގެ ނަފާ ލިބޭނެ ގޮތްތައް ހޯދައިދިނުން.
    • ސަފާރީ އުޅަނދު އޮޕަރޭޓް ކުރުމަށް ބޭނުންވާ ފަރާތްތަކަށް އިންޓެރެސްޓް ފްރީ ލޯނު ދޫކޮށްގެން ފަތުރުވެރިކަމުގެ އެދާއިރާ ކުރިއެރުވުމަށް މަސައްކަތް ކުރުން.
    • ފަތުރުވެރިކަމުގެ ދާއިރާގެ އިސްމަޤާމުތަކުގައި ދިވެހިންނަށް ފުރުޞަތު އިތުރުކުރުމާއި، ރިސޯޓްތަކުގައި މަސައްކަތް ކުރާ ދިވެހިންގެ ޢަދަދު އިތުރުކޮށް މަދުވެގެން %50 އަކީ ދިވެހިން ކަމުގައި ކަށަވަރުކުރުން.
    • ފެމިލީ ޓުއަރިޒަމް ޕްރޮމޯޓް ކުރުމުގެ ގޮތުން އިންޓަނޭޝަނަލް ތީމް ޕާކްތައް ތަރައްޤީ ކުރުން.
    • ޓުއަރިޒަމް ޓްރޭނިންގ ފަންޑެއްގެ ގޮތުގައި 50 މިލިއަން ރުފިޔާ ޤާއިމްކޮށް، އެސިނާޢަތުގެ މަސައްކަތްތެރިންގެ ކުރިއެރުމަށް އެފަންޑުން ޚަރަދު ކުރުން.
    • ލޯކަލް ސުވެނިއަރ އުފެއްދުމަށް ބާރުއަޅާ، އޮތެންޓިސިޓީ އިއާދަކުރުން.
  • އިޤުތިޞާދު ފުޅާކުރުމުގެ ގޮތުން މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުން:
    • މަސްވެރި އުޅަނދުތަކަށް އިންޓްރެސްޓް ފްރީ ލޯނުގެ ދަށުން އާރު.އެސް.ޑަބްލިއު ސިސްޓަމް އާއި ރާޑަރ ސިސްޓަމް ދޫކުރުން.
    • ސަރުކާރު ކުންފުނިތަކުން ބޮޑުކަންނެލި ގަނެ އެކްސްޕޯޓް ކުރުން.
    • މަސްވެރިންނަށް ޙާއްޞަ މަސްވެރިންގެ ޓްރޭޑް ސަރޓިފިކޭޝަން ޕްރޮގްރާމެއް ޤާއިމްކުރުން.
    • ކޮންމެ އަހަރެއްގައިވެސް ކަނޑައެޅޭ ވަކި ސަރަޙައްދެއްގައި ވަކި މުއްދަތަކަށް މިޔަރުގެ މަސްވެރިކަން ކުރުމުގެ ހުއްދަ ދޫކުރުން.
    • ރަށްރަށުގައި މަސް ސްޓޯރޭޖް ފެސިލިޓީ ޤާއިމްކޮށް ދިނުން.
    • ކަނޑުމަސް ޕްރޮސެސިންގ ރަށްރަށުގައި ފުޅާކޮށްދިނުމަށްޓަކައި ކުދި އަދި މެދުފަންތީގެ ޕްރޮސެސިންގ ފެސިލިޓީސް ޤާއިމްކޮށްދިނުން.
    • މަހުގެ ޕްރޮޑަކްޓް ތަކަށް ބޭރުގެ ބާޒާރުން ބޮޑުއަގު ހޯދާދިނުމަށް ދައުލަތުން މާކެޓްކޮށްދިނުން.
    • ޒަމާނީ ފްލޯޓިންގ މަސް ފެކްޓަރީ ތަޢާރަފް ކުރުން.
    • މަސްކިރުމާއެކު ވަގުތުން ފައިސާ ދެވޭނެ ގޮތް ހަމަޖެއްސުން.
    • މަސްއައިނު އުޅޭ ސަރަޙައްދުތައް ސެޓެލައިޓުގެ ޒަރިއްޔާއިން މަސްވެރިންނަށް އެނގޭނެ ނިޒާމެއް ޤާއިމް ކުރުން.
    • މަސްކިރާ ކޮންމެ ތަނަކުން އޮޑިޔަށް ބޭނުންވާ ވަރަށް ތެޔޮ، އައިސް އަދި އެހެނިހެން ޚިދުމަތްތައް ލިބޭނެ ގޮތް ހަދާދިނުން.
    • މަސްވެރިކަމަށް ޚާއްޞަ އިންސްޓިޓިއުޝަނެއް ޤާއިމްކޮށްދިނުން.
    • މަސްވެރިންނަށް ޕެންޝަން އަދި އިންޝޫރަންސް ސްކީމެއް ޤާއިމްކޮށްދިނުން.
  • ދައުލަތުގެ ޚަރަދު ކުޑަކުރުން:
    • އިއާދަކުރަނިވި ހަކަތައަށް ބަރޯސާވާ މިންވަރު އިތުރުކޮށް، ތެލަށް ކުރާ ހޭދަ ކުޑަކުރުން.
    • ރައްޔިތުންގެ މަޖިލީހުގެ މުސާރަ މުރާޖައާ ކުރުމާއި، ސިޔާސީ މަޤާމުތަކަށް ވަކި މިންގަނޑެއް ހިފަހައްޓާ، މަތިބަރު ސަރުކާރަކަށް ނުވުން.
    • ބޭކާރު ކޮމިޝަންތަކާއި މުއައްސަސާތައް ނުއުފެއްދުން.
    • ދައުލަތަށް ގެއްލިފައިވާ ފައިސާ އާއި ނުއަގުގައި ވިއްކާފައި ހުރި އެސެޓްތަކުގެ ހަމައަގު ހޯދުން.
    • އިންފޮމޭޝަން ޓެކްނޮލޮޖީ ބޭނުންކުރުން ފުޅާކޮށް، އެއް ވިއުގައަކުން 24 ގަޑިއިރު ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ހޯދޭނެގޮތް ހެދުން.
    • އަސާސީ ޚިދުމަތް ދޭ ކުންފުނިތައް ފިޔަވައި، ސަރުކާރުން ސަބްސިޑީ ދީގެން ހިންގާ ފައިދާ ނުވާ ކުންފުނިތައް އުވާލުން.
  • ސަރަޙައްދީ މަރުކަޒީ ނިޒާމަކުން ތަރައްޤީ ގެނައުން:
    • މާލެއާ އެއްފެންވަރުގެ ޚިދުމަތް ލިބޭނެ އިތުރު 4 އަރބަން ސެންޓަރު އުފެއްދުން.
    • އާބާދީކުޑަ ރަށްރަށުގެ ވަޒަންވެރިން އަރބަން ސެންޓަރުތަކަށާއި ބޮޑެތި ރަށްރަށަށް ބަދަލުވާނެ ޕުލްފެކްޓަރ ޤާއިމްކޮށް، އެފަރާތްތަކަށް ހިޔާވަހިކަން ހަމަޖައްސައި ދިނުން.
  • ދަތުރުފަތުރުގެ ނިޒާމް ތަރައްޤީކޮށް ހަރުދަނާ ކުރުން:
    • މާލޭގައި ދުއްވާ އުޅަނދުފަހަރު މަދުކުރުމުގެ ގޮތުން މާލޭގެ ބަސް ދަތުރުތައް ދިވެހިންނަށް ހިލޭ ކުރުން.
    • ޤައުމީ އެއާލައިން ރާއްޖޭގެ ހުރިހާ އެއާޕޯޓަކަށް ދަތުރުކުރުމާއި، ދިވެހިން އެންމެ ގިނައިން ފުރާ މަންޒިލްތަކަށް ސީދާ ދަތުރު ކުރެވޭނެހެން ހަމަޖެއްސުމާއި، ކަނެކްޓިވިޓީ އިތުރުކުރުމާއި، އަގު ހެޔޮކޮށް ޓިކެޓް ލިބޭނެ އިންތިޒާމް ހަމަޖެއްސުން.
    • އެތެރޭގެ ދަތުރުފަތުރުގެ ފެންވަރު ރަގަޅުކޮށް، ކަނެކްޓިވިޓީ ފުޅާކުރުން.
    • އެއްގަމު ދަތުރުފަތުރުގައި އެއްކާޑެއް ބޭނުން ކުރުމާއި، އަގާއި ދަތުރާއި ރޫޓް ރިވައިޒްކޮށް ސްޓޭންޑަޑައިޒް ކުރުން.
    • އެއް ޕްލެޓްފޯމުން ދަތުރު ޕްލޭން ކުރެވޭ ގޮތް ހެދުމާއި، ގުޅުވާލެވޭނެ ރަށްތައް ކޯޒްވޭ އާއި ބްރިޖުން ގުޅުވައިލުން.
    • އަތޮޅުތެރޭގައި އަގުހެޔޮކޮށް، އެއްތަނުން އަނެއްތަނަށް މީހުންނާއި ތަކެތި އުފުލޭނެ ނިޒާމެއް ޤާއިމްކުރުން.
    • އަތޮޅުގެ އެހެން ރަށްތަކާއި ވަކިން ދުރުގައި ހުންނަ ރަށްރަށަށް ފެސޭހައިން ދަތުރުކުރުވޭނެ ގޮތް ހެދުމަށްޓަކައި ޝެޑިއުލްކޮށްގެން ސީޕްލޭންގެ ދަތުރު ފެށުން.
  • އިޤުތިޞާދު 2026 ކުރިން ދެގުނަ ކުރުން:
    • އިޤުތިޞާދު ފުޅާކުރުމަށްޓަކައި އިތުރު ބޭންކުތަކާއި އިތުރު ފައިނޭންޝަލް އިންސްޓްޓިއުޝަންސް ގެނައުމާއި، މާލީ ދާއިރާ ހަރުދަނާ ކުރުން.
    • އެކި ޒޯންތަކަށް ބަހާލައިގެން އިންވެސްޓްމެންޓް ބޭންކް ތައާރަފްކުރުމާއި ސަރަޙައްދީ ބޭންކިންގ ހަބެއްގެ ގޮތުގައި ރާއްޖެ ހެދުން.
    • ފަތުރުވެރިކަމަށް ދޫކުރެވިފައިވާ ރަށްތަކާއި ފަޅުތަކުގެ ތެރެއިން ނުހެދިވާ ރަށްތަކާއި ފަޅުތައް (މެޑިކަލް ޓޫރިޒަމަށާއި އިންޓެގްރޭޓެޑް ޓްރެއިނިންގ ފެސިލިޓީ ހިމެނޭ ގޮތަށް) ތަރައްޤީ ކުރުމަށް ސަރުކާރުން އެހީތެރިވެ، އެތަންތަން އޮޕަރޭޝަނަލައިޒް ކުރުން.
    • އިންޓަނޭޝަނަލް އެއާޕޯޓްތައް އިތުރުކޮށް، އޭވިއޭޝަން ދާއިރާއިން ލިބޭ ނަފާ އިތުރުކުރުމަށް ޓްރާންސިޓް އެއަރޕޯރޓްތައް ޤާއިމްކުރުން.
    • ޔޮޓް ރޭސިންގ އާއި އެޑްވެންޗަރ ސްޕޯޓްސް ރާއްޖެއަށް ތައާރަފްކުރުން.
    • މަތީ ތަޢުލީމަކީ ޢާމްދަނީ ލިބޭނެ އިންޑަސްޓްރީއެއްގެ ގޮތުގައި ހެދުން.
    • ރާއްޖޭގެ ވައިގެ ސަރަޙައްދު ހުޅުވާލައި ޢާމްދަނީ ލިބޭނެ ގޮތަކަށް ބައްޓަންކުރުން.
    • އިންޓަނޭޝަނަލް ޑޮކްޔާޑްތައް ތަރައްޤީކުރުން.
    • ރާއްޖޭގެ އުތުރުގައި ބައިނަލްއަޤްވާމީ ޓްރާންސްޝިޕްމެންޓް ބަނދަރެއް (ހަބެއްގެ ގޮތުގައި) ޤާއިމްކުރުން.
    • މެޑިކަލް ޓުއަރިޒަމް ތަޢާރަފްކުރުން.
    • ރާއްޖޭގެ ވަކި ސަރަޙައްދުތަކެއްގައި ޓެކްނޮލޮޖީ ޕާރކްތަކެއް ތަރައްޤީކޮށް އިންފޮމޭޝަން ޓެކްނޯލޮޖީ އިންޑަސްޓްރީއެއްގެ ގޮތުގައި ތަޢާރަފްކުރުން.
    • ދިވެހިރާއްޖޭގައި މެރީން އިންޑަސްޓްރީސް ޤާއިމްކުރުން.
    • އިންވެސްޓްމަންޓްތަކަށް ފަހި މާހައުލެއް ޤާއިމްކުރުމަށް، އިންވެސްޓަރުންނަށް އިތުބާރު ހޯދައި ދިނުމާއި، ޚިދުމަތްތައް ދިނުމުގައި އަވަސް އިޖާދީ ގޮތްތައް ޤާއިމްކުރުން.
    • މަލްޓިނޭޝަނަލް އިންވެސްޓްމަންޓްތަކަށް ޓެކްސް ފްރީ ޒޯންތަކެއް ޤާއިމްކުރުމާއި، ކަނޑައެޅޭ ޒޯންތަކަށް ޚާއްޞަވާ އިންވެސްޓްމަންޓްތަކަށް އިތުރު ލުއިތަކެއް ހަމަޖެއްސުން.
    • ސަރުކާރުން ކުރާ އިސްރާފު ހުއްޓުވައިގެންނާއި މެނިފެސްޓޯގައި ކަނޑައަޅާފައިވާ އެހެނިހެން ހަރަކާތްތަކުގެ ތެރެއިން އިޤުތިޞާދު ކުރިއެރުވުން.
  • ދިވެހި ވިޔަފާރިތައް ކުރިއެރުވުން:
    • ކުދި އަދި މެދު ފަންތީގެ ވިޔަފާރި އުފައްދާ ކުރިއެރުވުމަށް ބޭނުންވާ ފައިސާ، އެންމެ މުޙިންމު ދާއިރާތަކަށާއި އަލަށް ފަށައިގަންނަ ވިޔަފާރިތަކަށް ދޫކުރުން.
    • ވިޔަފާރީގައި ޕްރައިވެޓް ސެކްޓަރ ފުޅާކޮށް ބާރުވެރިކޮށް، އަމިއްލަ ފަރާތްތަކަށް ކުރެވޭ ވިޔަފާރިތައް ސަރުކާރުން ކުރުން މަދުކޮށް، އަދި ސަރުކާރުގެ ކުންފުނިތައް މަލްޓިނޭޝަނަލް ކުންފުނިތަކަށް ބަދަލުކޮށް، ބޭރު ޤައުމުތަކުގައިވެސް ހަރަކާތްތެރިވުން.
    • ބޭރުފައިސާ ތިޔާގިކުރުމަށާއި ދިވެހި ފައިސާގެ އަގު ހިފެހެއްޓުމަށާއި، ދިވެހި ވިޔަފާރިތަކާއި ދިވެހިންގެ ބޭނުންތަކަށް، ރާއްޖެއަށް ލިބޭ ބޭރުގެ ފައިސާގެ %60 ބޭންކުތަކަށް މާރުކުރުމަށް ކަނޑައަޅައި، ލައިސަންސް ނެތި ބޭރުފައިސާ ވިއްކާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅުއެޅުން.
    • އާންމުކޮށް ޑޮލަރު ގަންނަން ލިބޭ އަގު 15.42 ރުފިޔާގެ ރޭޓުގައި ހިފެހެއްޓުން.
    • އެންޓަޕްރެނޯރ މެންޓޯރޝިޕް ޕްރޮގްރާމްތައް ސަރުކާރުން ހިންގައިދީގެން އަމިއްލަ ވިޔަފާރި ކުރިއެރުވުމަށް އެހީތެރިވުން.
    • ދިވެހިރާއްޖޭގެ ޑިޖިޓަލް ކަރަންސީ ތަޢާރަފްކުރުން.
    • ޕޭޕާލް ފަދަ އޮންލައިން ޕޭމަންޓް ގޭޓްވޭގެ ފައިދާ އޮންލައިންކޮށް ވިޔަފާރިކުރާ ފަރާތްތަކަށް ހޯދައިދިނުމަށް ހުރި ހުރަސްތައް ނައްތާލުން.
    • ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދެވޭ ލޯނުގެ އިންޓެރެސްޓް %6 އަށް ވުރެ މަތި ނުވާނެހެން ހެދުން.
    • ރާއްޖޭގައި ހިންގޭ އެކިއެކި ވިޔަފާރިއާއި ޚިދުމަތްތަކުން މަދުވެގެން 50،000 ވަޒީފާ އުފެއްދުން.
    • ޤަވާޢިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުން.
    • ޕްރޮގްރެސިވް ޓެކްސް ރެޖީމެއް ތަޢާރަފްކޮށް، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ނަގާ ކޯޕަރޭޓް ޓެކްސް ކުޑަ ކުރުން.
  • ދަނޑުވެރިކަމާއި ފުޑް ސެކިއުރިޓީ:
    • ދިވެހި އުފެއްދުންތަކުގެ ފެންވަރު ރަނގަޅުކޮށް މާކެޓް ހޯދައިދީ، ދައުލަތުގެ އިދާރާތަކުންނާއި ޢާންމު ފަރާތްތަކުންވެސް ދިވެހި އުފެއްދުންތަކަށް އިސްކަން ދިނުން.
    • ދަނޑުވެރިކަމަށް ހިލޭ ބިމާއި ރަށްތައް ދޫކޮށް، ދަނޑުވެރިކަމުން ހައްދާ ތަކެތި ވިއްކޭނެ ފަސޭހަ ގޮތެއް ޔަގީންކޮށްދިނުމާއި، ރާއްޖޭގައި އުފެއްދޭ ނިސްބަތަކުން އިމްޕޯޓް ކޮންޓްރޯލް ކުރުން.
    • ފުޑް ސެކިއުރިޓީ ޔަގީން ކުރުމުގެ ގޮތުން ބޭނުންވާ ޒަރޫރީ ކާބޯތަކެތި އެއް އަހަރަށް ވާވަރަށް ޔަގީންކޮށްދިނުމާއި، ކާބޯތަކެތީގެ ފެންވަރު ހިފެހެއްޓުމަށް ކުރަން ޖެހޭ ތަޙުލީލު ކުރެވޭނެ ލެބޯޓަރީ ޤާއިމް ކުރުން.
    • ކާބޯތަކެތީގެ އުފެއްދުންތެރިކަން އިތުރުކޮށް، ބޭރުން އެތެރެކުރެވޭ މިންވަރު ދަށްކޮށް، ހެޔޮ އަގެއްގައި، ފަސޭހަކަމާއެކު ކާބޯތަކެތި ރައްޔިތުންނަށް ފޯރުކޮށްދިނުން.
    • ދިވެހި ދަނޑުވެރިކަމާއި ކާބޯތަކެތީގެ އުފެއްދުން ފުޅާކުރުމަށް ބޭނުންވާ ތަމްރީނާއި އެހެނިހެން ވަޞީލަތްތައް ފޯރުކޮށްދޭނެ ޚާއްޞަ ޤައުމީ މަރުކަޒެއް ޤާއިމްކުރުން.
    • ދަނޑުވެރިކަމާއި ކާބޯތަކެތީގެ އުފެއްދުންތެރިކަން ފުޅާކުރުމަށް ބޭނުންވާނެ ފައިސާ ލިބޭނެ މަގުފަހިކޮށް، “ހައި ވެލިއު” ފުޑް އިންޑަސްޓްރީއެއް ރާއްޖޭގައި ޤާއިމްކުރުން.
  • ޓްރާންސްޕޯޓް އެންޑް އޭވިއޭޝަން:
    • ޑިއުޓީ ފްރީއަކީ ދިވެހިންގެ އެޖެންސީޝިޕްގައި ވިޔަފާރިކުރާ އައުޓްލެޓްތަކަކަށް ހަދާ، ދިވެހިންނަށް ވިޔަފާރީގެ ފުރުޞަތު ފަހިކޮށްދިނުން.
    • ޤައުމީ އެއަރލައިން ރީއެސްޓެބްލިޝްކުރުން.
    • ރޫޓް ޑިވެލޮޕްކޮށް ދިވެހިރާއްޖޭއިން ސީދާ ޑައިރެކްޓް ފްލައިޓް ނުވަތަ އިންޑައިރެކްޓް ފްލައިޓް މިހާރު ދަތުރު ނުކުރާ ޤައުމުތަކަށް ފެށުން.
    • އެއަރޕޯޓްގައި ޝޮޕިންގ ކޮމްޕްލެކްސް، ގޭމިންގ އާކޭޑް އަދި އާމްދަނީ ލިބޭނެ އިތުރު ވަޞީލަތްތައް ޤާއިމުކުރުން.

 

ވޮލެންޓިއަރއަކަށް ވެލަށްވާ